ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ އެވޯޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެއްޖެ

އޭޕްރީލް 2، 2020: އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ރާއްޖެގެނެސް، ރާއްޖޭގެ ސަރުކާރާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 'ވޯލްޑް ލީޑިން އެއާޕޯޓް 2020' އެވޯޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެއްޖެ އެވެ.

މިއީ ވީއައިއޭ މިއެވޯޑަށް ޖެހިޖެހިގެން ނޮމިނޭޓްވި 12ވަނަ ފަހަރެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވީއައިއޭ މި އެވޯޑަށް ނޮމިނޭޓްވި ނަމަވެސް، އެއްވެސް ފަހަރަކު މި އެވޯޑު ކާމިޔާބުކުރެވިފައި ނުވެ އެވެ.

ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ އެވޯޑަށް މިއަހަރު 22 އެއާޕޯޓަކުން ވީއައިއޭއާ ވާދަކުރާނެ އެވެ.

އޭގެ ތެރޭގައި ފާއިތުވެދިޔަ ދެ އަހަރު މި އެވޯޑު ކާމިޔާބުކުރި ސިންގަޕޯ ޗަންގީ އެއާޕޯޓުވެސް ހިމެނެ އެވެ.

މި އެވޯޑުގެ އިތުރުން ވީއައިއޭ ވަނީ މިއަހަރު އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ. އަދި މީގެ ކުރިން 11 ފަހަރު ވީއައިއޭއިން ވަނީ މި އެވޯޑު ކާމިޔާބުކޮށްފަ އެވެ.

މީގެ 27 އަހަރު ކުރިން 1993 ވަނަ އަހަރު ދޭން ފެށި މި އެވޯޑުގެ މަގުސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލްކުރާ ފަރާތްތައް ފާހަގަ ކުރުމެވެ.

comment ކޮމެންޓް