ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖެއަށް ވައިގެ މަގުން އިއްޔެ އެތެރެވި އެމެރިކާ ރައްޔިތެއްގެ ފޮށިތަންމަތި ބަލައި ފާސްކުރިއިރު ވަޒަން އަޅައިފައިވާ މެގަޒިނެއް ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، ފުލުހުން މި މައްސަލައިގައި ހައްޔަރުކުރީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 36 އަހަރުގެ ކޮބޯލް ބްރިޓެއިން ޓައިލާއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.