ވައިއާރްއެފް އިން އާ ލޯގޯ އެއް ނެރެފި

ވައިއާރްއެފް ގެ އާ ލޯގޯ---

އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން އާ ލޯގޯ އެއް ނެރެފި އެވެ.

އެ ފިލްމު ކުންފުނިން ފިލްމު އުފައްދާތާ ބައި ގަރުނުވެފައިވާއިރު ކުންފުނީގެ އާ ލޯގޯ ދައްކާނީ ވައިއާރްއެފްގެ ބާނީ ޔަޝް ޗޯޕްޅާގެ އުފަންދުވަހާ ގުޅިގެންނެވެ. މިހާރު އެ ފިލްމު ކުންފުންޏާ ހަވާލުވެގެން ހުންނަނީ ޔަޝް ޗޯޕްޅާގެ ދޮށީ ދަރިފުޅު އަދިތްޔާ ޗޯޕްޅާއެވެ.

ވައިއާރްއެފުން ނެރުނު ބަޔާނުގައި ބުނީ މި ކުންފުނި ވަރުގަދަ ކުންފުންޏަކަށް ހަދާދިނީ ބެލުންތެރިން ކަމަށާއި އާންމުންނާ ނުލައި މި ކުންފުނި މިއަދު ހުރި ހިސާބަށް ވެސް ނާންނާނެ ކަމަށެވެ. އަދި އާންމުން މުނިފޫހިފިލުވުމުގައި ތާއަބަދު ތެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އާންމުންނަށް ކަމުދާ ކަހަލަ ފިލްމުތައް ގެނެސްދޭނެ ކަމަށެވެ.

ވައިއާރްއެފަށް 50 އަހަރު ފުރުމާ އެކު ގިނަ ފިލްމުތަކެއް އިއުލާންކުރުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް