އެމެރިކާގެ އޮރެގޮން ސްޓޭޓްގައި ބަޑީގެ ހަމަލާތަކެއްދީ ބަޔަކު މަރާލައިފި

އޮރެގޮން ގައި ބަޑިން ޙަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮރެގޮން (ސެޕްޓެމްބަރު 29) : އެމެރިކާގެ ހުޅަނގު އުތުރުގެ ސްޓޭޓެއްކަމަށްވާ އޮރެގޮން ގައި ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި އެތަށް ބަޔަކު މަރުވެއްޖެކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެފިއެވެ.

އޮރެގޮންގެ ފުލުހުން ނެރުނު ބަޔާނެއް ބުނެފައިވަނީ އެސްޓޭޓްގެ ސަރަހައްދެއްކަމަށްވާ މެރިޔޮން ގެ ގެއަކަށް ހަތިޔާރުއެޅި ބަޔަކު ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި އެތަށް ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި ހަތިޔާރުއެޅި މީހުން އެގެއަށް ވަދެ އިތުރުބަޔަކު ރަހީނުކޮށްގެން ގެންގުޅޭކަމަށް ބެލެވޭތީ ފުލުހުން އެހާލަތާ ކުރިމަތިލަމުންދާ ކަމައްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް މިއީ ކޮންބަޔަކު ހިންގި އަމަލެއްކަމާއި މިކަމުގައި ޝާމިލްވާ މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ ސްޓޭޓްތަކުގައި ބަޑިޖަހައިގެން މީހުން މެރުމުގެ މިބާވަތުގެ އަމަލުތައް ވަރަށް ގިނައިން ހިންގައެވެ. މިދިޔަ ހަފްތާގައި ނިއުޔޯކްގައި ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ 14 މީހުން ޒަހަމްވެފައިވެއެވެ. އޭގެ ދެހަފްތާކުރިން އެމެރިކާގެ އަލަބާމާ ސްޓޭޓްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 7 މީހުން މަރުވެފައިވެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް