ބިގްބޮސްގެ ކުރީގެ ތަރި ހިމާންޝީ ކޮވިޑަށް ޕޮޒިޓިވް

ހިމާންޝީ ކުރާނާ---

އެކްޓަރު، މޮޑެލް، ލަވަކިޔުންތެރިޔާ ހިމާންޝީ ކުރާނާ ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބިގްބޮސް 13 އިން ވިދާލި ތަރި ހިމާންޝީ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށާއި ސިއްހީ އެހީތެރިންގެ ލަފާ ހޯދަމުންދާ ކަމަށެވެ. ޕަންޖާބުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރޮޓެސްޓުގައި ބައިވެރިވި ކަމަށާއި ޕްރޮޓެސްޓުގައި ބައިވެރިވުމަށް ފަހު އޭނާ އަމިއްލައަށް ބޭނުންވެގެން ކޮވިޑަށް ޓެސްޓްކުރީ ކަމަށެވެ. އެދުވަހު ހަވީރު އޭނާ ދާން އޮތް ޝޫޓަށް ދިޔުމުގެ ކުރިން ޓެސްޓްކުރި ނަމަވެސް އޭނާއާ ބައްދަލުވި އެންމެންވެސް ކޮވިޑަށް ޓެސްޓުކުރުމަށް ހިމާންޝީ އެދެ އެވެ.

ހިމާންޝީ ގިނައިން މަސައްކަތްކޮށްފައި ވަނީ ޕަންޖާބު ފިލްމުތަކުގަ އެވެ. ދާދިފަހުން އޭނާ ވަނީ ބިގްބޮސް 13 އިން ވިދާލި އާސިމް ރިއާޒާއެކު ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ.

comment ކޮމެންޓް