އެންދަމަން އުޅެނިކޮށް ކުއްލިގޮތަކަށް މަސްވެރިއަކު މަރުވެެއްޖެ

ނ. މާޅެންދޫ:

އެންދަމަން އުޅެނިކޮށް ނ. މާޅެންދޫގެ މަސްވެރިއަކު ކުއްލި ގޮތަަކަށް މަރުވެއްޖެ އެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހް މޫސާ ވިދާޅުވީ މަރުވީ އަބްދުއްރަޝީދު އަބްދުލް ޣަފޫރު ނަމަކަށް ކިޔާ މަސްވެރިއެއް ކަމަށެވެ.

އަބްދުއްރަޝީދު މަރުވިއިރު 56 އަހަރެވެ.

އޭނާ މަރުވީ ބަލިވެ އުޅެނިކޮށް ނޫންކަމަށްވެސް ކައުންސިލްގެރައީސް ވިދާޅުވި އެވެ.

"މިއަދު ހެނދުނު އެންދަމަން އުޅެނިކޮށް ހާލުބޮޑުވެގެން ނެގީ. ނެގިފަހުން މަރުވީ" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މަރުވި އަބްދުލް ޣަފޫރުގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

comment ކޮމެންޓް