ލޮނުޒިޔާރަތް ބަގީޗާ ހުޅުވާނީ ކޮވިޑް ކަންތައް ހަަމައަކަށް އެޅުމުން: ސިޓީ ކައުންސިލް

އޮގަސްޓް 5، 2020: ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ފެހިކަންގަދަ ހިތްގައިމު ބަގީޗާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖު ކައިރީގައިި މާލޭ ސިޓީ ކައުންސިލްއިން ތަރައްގީކުރި ޕާކް "ލޮނުޒިޔާރަތް ބަގީޗާ" ހުޅުވާނީ ކޮވިޑް-19 ފެތުރުން ހަމައަކަށް އެޅުމުން ކަމަށް ސިޓީ ކައުންސިލްއިން ބުނެފިއެވެ.

ކުރިން އޮތީ ރޯދަ މަހާ ދިމާކޮށް އެތަން ހުޅުވާށެވެ. އަދި ފަހުން މިނިވަން ދުވަހުވެސް އެތައް ހުޅުވަން މަަސައްކަތް ކުރިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގެ ހުރިހާ މަަސައްކަތްތަކެއްހެން މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަނީ ވޯކްވޭފަދަ ކުދިކުދި މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ޕާކް ހުޅުވުމުން އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން މީހުން ތިބޭނެކަމަށާއި އެތަނަށް ވަނުމުގެ އުސޫލުތައް ކަނޑައެޅުމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރު މެދުތެރޭ ތަރައްގީކުރަން ފެށި އެ ޕާކްގައި ފެހިކަން ގަދަ ގަސްތަކާއި ރުށްތަކާއި އަދި ފެންގަނޑެއްވެސް ހިމެނެއެވެ.

ސިޓީ ކައުންސިލްއިން މީގެ ކުރިން ބުނީ ލޮނުޒިޔާރަތް ޕާކް ހުޅުވުމުން އެތަނަކީ ރާއްޖޭގެ އެންމެ ބޮޑު ޕާކަށް ވެގެންދާނެ ކަމަށެވެ.

ލޮނު ޒިޔާރަތް ޕާކް ބުރިޖު ހެދިއިރު ބޭނުންކުރަމުން ދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް