ޕިކަޕަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި

--- ފޮޓޯ ފުލުހުން

ޕިކަޕެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހުންގި އެ އޮޕަރޭޝަނުގައި ހަނދުވަރީމަގުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވާ، ބަލާ ފާސްކުރިއިރު 10 ޕެކެޓު ބަނގުރަލާއި 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނުންގެ އިތުރުން 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް