އަމީތާބު ހޯސްޓްކުރާ ކޭބީސީ މި މަހު ދައްކަން ފަށަނީ

ކޭބީސީ ދައްކާނީ މި މަހު 28 ގައި

ސޮނީ ޗެނަލް އިން ދައްކާ ގޭމް ޝޯ، ކޯން ބަނޭގާ ކްރޯރްޕަތީ (ކޭބީސީ)ގެ ބާރަ ވަނަ ސީޒަން މި މަހު ދައްކާ ގޮތަށް ނިންމައިފި އެވެ.

މިދިޔަ މަހު ފަހުކޮޅު މި ޝޯގެ ޝޫޓިން ފަށާފައިވާ އިރު ޝޫޓިން ފެށީ ވަރަށް ބޮޑު ތައްޔާރީތައް ވެގެންނެވެ. މީހުންގެ ސިއްހަތަށް ވިސްނައިގެން ޕީއީ ކިޓު ލައިގެން ޝޯގެ ކްރޫ އިން އެ ޝޯ ޝޫޓްކުރި އެވެ. މި ގޭމް ޝޯގެ ފުރަތަމަ އެޕިސޯޑް އާންމުންނަށް ފެންނަވަރު ވާނީ މި މަހު 28 ވަނަ ދުވަހު އެވެ.

ލައިވް އޯޑިއަންސް ނުލައި މިފަހަރު ކޭބީސީ ޝޫޓްކުރިއިރު ޝޯގައި ބައިވެރިވި ހުރިހާ ތަރިން ވެސް އެންމެ ފުރަތަމަ ސެލްފް އައިސޮލޭޓްކުރި އެވެ.

ކޭބީސީއަކީ އެ ޝޯގައި ކުރެވޭ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބޭ ޝޯއެކެވެ.

ދެހާސް ވަނަ އަހަރު ޝޯގެ ފުރަތަމަ ސީޒަން ވެސް ހޯސްޓު ކުރީ އަމީތާބެވެ. އަދި އަމީތާބު ވަނީ އެންމެ ސީޒަނެއް ފިޔަވައި، ކޭބީސީގެ ހުރިހާ ސީޒަނެއް ހުށަހަޅައިދީފަ އެވެ. ކޭބީސީ 3 ހުށަހަޅައި ދިނީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އެވެ.

comment ކޮމެންޓް