މޫމިންގެ "ގަމިނި" މި މަހު 25ގައި!

ވެބް ސީތީޒް "ގަމިނި"ގެ މަންޒަރެއް ---

ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" މި މަހު ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ނިންމައިފި އެވެ.

މި މަހު 25ގައި ބައިސްކޯފުން ގަމިނި ގެނެސްދޭން ފަށާއިރު ވެސް ސީރީޒްގެ ޓީޒާ ޓްރެއިލާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ސީރީޒަކީ ކުރީގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ދައްކުވައިދޭނެ ސީރީޒެކެވެ.

ފައިނަލް ޗެޕްޓާ ސްޓޫޑިއޯއިން ގެނެސްދޭ ގަމިނިގެ ޓީޒާއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެން ދެއެވެ.

ގަމިނިގެ މައިގަނޑު ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ، އަހުމަދު އާސިމް އަދި އިސްމާއީލް ޒާހިރު އެވެ. މީގެ އިތުރުން މި ސީރީޒުން ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ހިމެނެ އެވެ.

ގަމިނިގެ މަންޒަރުތައް ނަގާފައިވަނީ ތ. ކިނބިދޫ، ވޭމަންޑޫ، އއ. މަތިވެރި، މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގެ ހިތްގައިމު މާހައުލުތަކުގައެވެ. މި ސީރީޒުގައި ޖުމްލަ 13 އެޕިސޯޑު ހިމެނޭނެއެވެ.

comment ކޮމެންޓް