އާ ހިދުމަތްތަކާއެކު އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން މާލެއަށް ރިފާކުރާވަރު މަދުވެއްޖެ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--

އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް ތައާރަފްކުރުމާއެކު ބަލިމީހުން މާލެއަށް ރިފާކުރާވަރު މަދުވެއްޖެކަމަށް ސަރުކާރުން ބުނެފިއެވެ.

ބޮޑެތި ހޮސްޕިޓަލްތައް ކަމަށްވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުުރުމަށް ސަރުކާރުން މިފަހުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި މިހާރުވެސް އާ ހިދުމަތްތައް އެ ހޮސްޕިޓަލްގައި ދޭން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެންމެ ފަހުން ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ހިސްޓޯޕެތޮލޮޖީއާއި އެމްއާރުއައިގެ ހިދުމަތް ހިމެނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ކޮލޮނޮސްކޮޕީއާއި އެންޑޯސްކޮޕީގެ ހިދުމަތް ތައާރަފްކުރުމަށް ހޮސްޕިޓަލުން ދަނީ މަސައްކަތްކުރަމުންނެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ސާޖަރީއެއް ކުރިއަށްދަނީ--

މީގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި 30 އެނދު ހުރިނަމަވެސް އެ ހޮސްޕިޓަލް އުވާލައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ފެށިފަހުން އާ ހޮސްޕިޓަލްގައި 100 އެނދު ހިމެނެއެވެ. އަދި ހަތް އައިސީޔޫ ބެޑް އިތުރުކޮށްފައިވާއިރު ސަބް ސްޕެޝަލިސްޓްގެ ދެ ޑޮކްޓަރުންނާއިި ނުވަ ސްޕެޝަލިސްޓް ޑޮކްޓަރުންވަނީ އިތުރުކޮށްފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްުޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލާލާއިރު އެ ހޮސްޕިޓަލްގައި މިފަހުން ވަނީ އާ އިކުއެޕްމަންޓްސްއާއެކު އީއެންޓީ ކްލިނިކެއް ގާއިމްކޮށް ރިޖިޑް އެންޑަސްކޯޕީ،މައިނާރ އޯރަލް ސާޖަރީ އަދި އޮޓޯ އެނަޑަސްކޯޕީފަދަ އާ ހިދުމަތްތައް ތައާރަފްކޮށްފައެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސްވެސް މިހާރު ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެންއައިސީޔޫ ޑިޕާޓްމަންޓްގައި ނިއުބޯން ވެންޓިލޭޓަރުގެ ހިދުމަތް ފަށައިފައިވާއިރު އެ ހޮސްޕިޓަލްގައި ޖީންއެކްސްޕާޓް މެޝިނެއް ގާއިމްކޮށް ކޮވިޑާއި ޕީއެސްއޭ ޓެސްޓް އަދި މެލެރިއާ އެންޓިޖަން ޓެސްޓްކުރެވޭގޮތް ވަނީ ހަދައިފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް--

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފިޒިއޮތޮރޮޕީ ޑިޕާޓްމަންޓްގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ އެ ހޮސްޕިޓަލަށް ފޮނުވައިފައެވެ.

ޑރ. އަބްދުއް ސަމަދު ރީޖަނަލް ހޮސްޕިޓަލް

ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކަށް ބަލާލާއިރު އެ ހޮސްޕިޓަލަށް ހަ ސްޕެޝަލިސްޓް ޑޮކްޓަރުން އިިތުރުކޮށްފައިވާއިރު މިފަހުން ވަނީ ކަށީގެ އޮޕަރޭޝަންގެ ހިދުމަތްވެސް ފުޅާކޮށްފައެވެ. ދާދި ފަހުން އެ ހޮސްޕިޓަލްގައި ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ކުރި ލެޓާ ޖޭ ކަށީގެ އޮޕަރޭޝަނެއްވެސްކޮށްފައެވެ.

https://sun.mv/142811

އެ ހޮސްޕިޓަލަށް ދާދި ފަހުން ވަނީ ޑިޖިޓަލް އެކްސްރޭ މެޝިނާއި، އީއެންޓީ އަދި އަލްޓްރާ ސައުންޑް ސްކޭންފަދަ މެޝިންތައް ފޮނުވައިފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--

އެ ހޮސްޕިޓަލްގެ ސީޓީ ރޫމްގެ މަސައްކަތް ނިމިފައިވާއިރު ޑެންޓަލްގެ ހުރިހާ ހިދުމަތެއް ދޭޏް އާ އިކުއިޕްމަންޓްސް ވަނީ ހޮސްޕިޓަލަށް ފޮނުވައިފައެވެ. އޭގެ އިތުރުން ހޮސްޕިޓަލްގައި މިހާރު ދަނީ 14 ރޫމްގެ އާ އޯޕީޑީ ސަރަހައްދަކާއި، ހުރިހާ މެޝިނަރީތަކާއެކު އިމެޖެންސީ ރެސްޕޯންސް (އީއާރު) ޑިޕާޓްމަންޓަކާއި ގައިނީ ވޯޑެއްގެ އިތުރުން ހަތަރު ޕްރައިވެޓް ރޫމް އަދި އެންއައިސީޔޫ ޔުނިޓެއް މިހާރު ދަނީ ގާއިމްކުުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަލާލާއިރު މިދިޔަ އަހަރު އެ ހޮސްޕިޓަލްގައި ވަނީ ސީޓީ ސްކޭންގެ ހިދުމަތް ފަށައިފައެވެ. މިހާތަނަށް 600 އަށްވުރެ ގިނަ ސީޓީ ސްކޭންވަނީ ހައްދައިފައެވެ. ހޮސްޕިޓަލްގައި އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

މިިދިޔަ އަހަރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ވަނީ ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭގޮތަށް ބަދަލުކޮށްފައިވާއިރު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އަދަދު ވަނީ 45 އަށް އިތުުރުކޮށްފައެވެެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލް--

ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީގެ ހިދުމަތް ދާދި ފަހުން އަލަށް ތައާރަފްކުރިއިރު މީގެ ތިން އަހަރު ކުރިން މެދުކެނޑިފައި އޮތް މެމޯގްރަފީގެ ހިދުމަތްވެސް މިފަހުން ވަނީ އަލުން ފަށައިފައެވެ. އަދި ޕީސީއާރު މެޝިނުން ކޮވިޑަށްވެސް މިހާރު ޓެސްްޓްކުރެވެއެވެ.

ކުޅުދުއްފުށީގެ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދާ އިތުުރު މަސައްކަތްތައް

  • އޯޕީޑީ އަދި ލެބޯޓަރީ ބޮޑުކުރުން
  • 30 އެނދުގެ އާ ވޯޑެއް ހެދުމުގެ މަސައްކަތް
  • އާ ލޭބާ ރޫމެއް ހެދުމުގެ މަސައްކަތް
  • ސެންޓްރަލް ސްޓެރަލައިޒޭޝަން ސާވިސާސް ޑިޕާޓްމަންޓް ރޫމެއް ހެދުމުގެ މަސައްކަތް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާރު ދަނީ އޯޕީޖީ ޑެންޓަލްގެ ހިދުމަތް ދިނުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ގަން ރީޖަނަލް ހޮސްޕިޓަލް

ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ބަލާލާއިރު އެޓްމޯސް އެސް-61 މެޝިނެއް ބަހައްޓައި އީއެންޓީ ކުދިކުދިން އޮޕަރޭޝަންތައް ފަށައިފައިވާއިރު ޕީސީއާރު މެޝިން ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލް--

އެ ހޮސްޕިޓަލުން މިހާރު ދަނީ ޑެންޓަލް އޯޕީޖީގެ ހިދުމަތް ދިނުމަށްވެސް މިހާރު ތައްޔާރުވަމުންނެވެ.

ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިމިފައިވާިއރު ހަ ކޮންސަލްޓިންގ ރޫމާއި ވެއިޓިންގ އޭރިއާ ހިމެނޭ ގޮތަށް އިމާރާތްކުރަމުންދާ އޯޕީޑީ ސަރަަހައްދުގެ 98 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.

މިއަހަރު ފެށުނު ފަހުން ގަން ރީޖަނަލް ހޮސްޕިޓަލަށް ވަނީ އަށް ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކޮށްފައެވެ.

comment ކޮމެންޓް