ވަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

ރ. ވަންދޫ ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ އެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

އެ މަސައްކަތް ކޮންޓްރެކްޓު އަގަކީ 5.99 މިލިއަން ރުފިޔާ އެވެ.

ވަންދޫ ބަނދަރު މަޝްރޫއުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކޮށްފައިވެއެވެ.

އެމްޓީސީސީ އިނ ބުނީ އެ ކުންފުނިން މިވަގުތު 47 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައިކުރިއަށް ގެންދަމުންދާ ކަމަށެވެ. ރ. އަތޮޅުގައި ހަތަރު މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް