ހުޅުމީދޫ ބަހާއުދީން މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ސ. ހުޅުމީދޫ ބަހާއުއްދީން މަގު-- ފޮޓޯ/އެމްޓީސީސީ

ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ 85 ޕަސެންޓު ނިމިފައިވާ ކަމަށް އެ މަޝްރޫއު ހިންގާ އެމްޓީސީސީއިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ބަހާއުއްދީން މަގުގައި ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުެއްވޭ ގޮތެއް 17،776 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރާނެ އެވެ.

ހަމައެއާ އެކު ފެން ހިންގާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މަގުމަތީ ނިޝާންތަކާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ 48 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 42.5 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް