ރުވާންޑާގެ ގަތުލް އާންމުގައި މީހުން ސަލާމަތްކުރި "ހީރޯ" އަށް ޓެރެރިޒަމްގެ ދައުވާ އުފުލައިފި

ޕޯލް ރުސެސަބަގީނާ ކޯޓޫގައި--

ރުވާންޑާގެ ގަތުލް އާންމުގައި މީހުން ސަލާމަތްކުރި "ހީރޯ"ޕޯލް ރުސެސަބަގީނާ އަށް ޓެރެރިޒަމްގެ ދައުވާ އެގައުމުގެ ކޯޓެއްގައި އުފުލައި އޭނާގެ ޝަރީއަތް ފަށައިފި އެވެ.

ހޫޓޫ އަދި ޓުޓްސީ ނަސްލުގެ މީހުންގެ ދެމެދުގައި ހަނގުރާމަކުރިއިރު ރުވާންޑާގައި 1994ގައި ހިންގި ގަތުލް އާންމުގައި މިލިއަނެއްހާ މީހުން ވަނީ މަރައިފަ އެެވެ.

ޕޯލްއަކީ ޓުޓްސީ ނަސްލުގެ މީހެއް ނަމަވެސް އޭނާ ވަނީ ހޫޓޫ ނަސްލުގެ، މީހުން ސަލާމަތްކޮށްދީފަ އެވެ. އެގޮތުން އޭނާ ހޮޓަލެއްގައި މެނޭޖަރަކަށް އުޅުނުއިރު ހޫޓޫގެ އެތައް ބަޔަކަށް އެ ހޮޓަލުން ރައްކާތެރިކަންދީ ވަނީ ފުރާނަަ ސަމާމަތްކޮށްފީފަ އެވެ.

އޭނާގެ ހިތްވަރުގަދަކަމަށް ހޮލީވުޑުން "ހޮޓެލް ރުވާންޑާ"ގެ ނަމުގައި ފިލްމެއް ވެސް ހަދާފައިވެ އެވެ.

ޕޯލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގަތުލު އާންމުގެ ދުވަސްވަރު އޭރުގެ އޮޕަސިޝަން ޕާޓީއެއްގެ ހަނގުރާމަވެރި ގްރޫޕަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ނަމަވެސް ޕޯލް އެ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.

ޕޯލްގެ އާއިލާ އިން ބުނީ އޭނާ ރުވާންޑާއަށް ގެނައީ ދުބާއީގައި އުޅެނިކޮށް ކިޑްނެޕްކޮށްގެން ކަމަށެވެ. އަދި ރުހުމުގައި ޕޯލް ދުވަހަކު ވެސް ރުވާންޑާއަށް ނުދާނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ޕޯލްއަކީ ރުވާންޑާގެ މިހާރުގެ ރައީސް ޕޯލް ކަގާމޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ކަގާމޭއާ ދެކޮޅު އެތައް ބަޔަކު ޖަލަށް ލައިފައިވާއިރު ގިނަ ބަޔަކު ވަނީ ގައުމު ވެސް ދޫކޮށް ގޮސްފަ އެވެ.

ގަތުލް އާންމުގެ ދުވަސްވަރު ރައީސް ކަގާމޭ ޖަރީމާތައް ހިންގެވުމުގައި ބައިވެރިވާ ކަމަށް ޕޯލް ތުހުމަތުކުރެ އެވެ.-- ބީބީސީ

comment ކޮމެންޓް