ތައިލެންޑްގެ ބޮޑުވަޒީރަށް ބޮޑެތި ގޮންޖެހުންތަކެއް

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން އޮޗާ--

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން އޮޗާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއްޖެ އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރު ޖޫންމަހު އެވެ.

އެމަނިކުފާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި މިދިޔަ ޖުލައި މަހު ހަ މިނިސްޓަރަކު އިސްތިއުފާ ދެއްވުން ހިމެނެ އެވެ. އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހަ މިނިސްޓަރަކުވެސް ހިމެެނިލައްވަ އެވެ.

ވަޒީރުންގެ އިސްތިއުފާއާއެކު އެގައުމުގައި މިދިޔަ މަހުން ފެށިގެން ދަރިވަރުން ދަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް އެދި ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ.

އެގޮތުން އެގައުމުގެ ގާނޫނު އަސާސީ އިސްލާހުކޮށް ސިޔާސީ ފަރާތްތައް ކުރިމަތިކުރާ ހުރަސްތައް ނައްތާލައި އެގައުމުގެ ޒަމާާންވީ ރަސްކަމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ދަނީ ގޮވާލަމުންނެވެ.

މިލިޓަރީ އާއިލާއަކަށް އުފަން ޕަރަޔޫތު ވަނީ ރޯޔަލް ގާޑްގެ ސެކެންޑް އިންފެންޓްރީ ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމު ވެރިކަމަށް އައުމުގެ ކުރިން ފުރުއްވައިފަ އެވެ. އަދި 2006 ވަނަ އަހަރު އެމަނިކުފާނު ވަނީ ކޮމާންޑޯ އޮފް ދަ ފަސްޓް އޭރިއާއަށް އައްޔަނުކޮށްފަ އެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ސަޕޯޓަރުން 2010 ކުރި މުޒާހަރާތައް ރޫޅާލުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ތައިލެންޑްގެ އާމީގެ ކޮމާންޑާ އިން ޗީޕްގެ މަގާމަށް 2010 ވަނަ ޕްރަޔޫތު އައްޔަނުކުރި އެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ ތައިލެންޑްގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު ގެނައި ބަޣާވާތަކަށް ފަހު އެ މަނިކުފާނު ވަނީ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ތައިލެންޑްގައި މިދިޔަ އަހަރު ބޭއްވި އިންތިހާބްގައި ޕަލަންގް ޕަރަޗަރަތު ޕާޓީން ވަނީ ބޮޑުވަޒީރުގެ މަގާމަށް ޕްރަޔޫތު ޕްރޮމޯޓްކޮށް އަނެއްކާާވެސް އެމަނިކުފާނު ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފަ އެވެ. -- ބީބީސީ

comment ކޮމެންޓް