އެއާޕޯޓްގެ ފަޅުކަން ނިމުމަކަށް، ފްލައިޓްތައް އިތުރުވަނީ

ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެެ ހާލަތާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި މަހުގެ 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިދިޔަ އޮގަސްޓުމަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 1،145 އެއާޓްރެފިކް މޫމަންޓް ރެކޯޑުކުރެވިފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

ވީއައިއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ 15 އިން 31 އަށް އިންޓަނޭޝަނަލް މޫމަންޓުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 196 މޫމަންޓެވެ. އެ މުއްދަތުގައި 1991 ޑޮމެސްޓިކް މޫމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.

އޮގަސްޓުމަހު 432 އިންޓަނޭޝަނަލް މޫމަންޓް ރެކޯޑު ކުރެވިފައިވާއިރު އެ މަހު 326 ޑޮމެސްޓިކް މޫމަންޓް ރެކޯޑު ކުރެވިފައި ވެއެވެ.

ބޯޑަރު ހުޅުވާލިފަހުން ޖުލައި މަހުގެ 15 އިން 31ގެ ނިޔަލަށް ވީއައިއޭ އިން އިންޓަނޭޝަނަލް 2،890 އެރައިވަލްސް އަދި 1،954 ޑޮމެސްޓިކް އެރައިވަލްސް ރެކޯޑު ކުރެވިފައިވެއެވެ. އޮގަސްޓުމަހުގެ ތަފާސް ހިސާބަށް ބަލާއިރު 11،186 އިންޓަނޭޝަނަލް އެރައިވަލްސް އަދި 3،282 ޑޮމެސްޓިިކް އެރައިވަލްސް ރެކޯޑު ކުރެވިފައިވެއެވެ.

މީގެ އިތުރުން ޖުލައި 15 އިން 31ގެ ނިޔަލަށް 4،106 އިންޓަނޭޝަނަލް ޑިޕާޗާސް، 2،555 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރެކޯޑު ކުރެވިފައެވެ. އޮގަސްޓުމަހުގެ ރެކޯޑަށް ބަލާއިރު 14،045 އިންޓަނޭޝަނަލް ޑިޕާޗާސް އަދި 3،438 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރެކޯޑު ކުރެވިފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ބޮޑެތި އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭށް، އިއްތިހާދު، އެމިރޭޓްސް، ސްރީލަންކަން އަދި އެއާ އިންޑިއާ އާިއ ޓާކިޝްގެ އިތުރުން އިންޑިގޯ ހިމެނެ އެވެ.

comment ކޮމެންޓް