އެކްސްކޯގެ ތިން މެމްބަރަކަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ: އައިޓީޓީއެފް

ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ --- ޓޭބަލް ޓެނިސް އެސޯސިއޭޝަން

ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ތިން މެމްބަރަކު ބޭނުންވި ނަމަވެސް މިހާރު އެ މެމްބަރުން ޖައްސާފައިވާ މައްސަލަ، ގާނޫނާއި ގަވާއިދުގެ ދަށުން މިހާރު އެ ކުރަމުން ގެންދާ ޒާތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ޓީޓީގެ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އައިޓީޓީއެފް އިން ދީފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އައިޓީޓީއެފްއިން ދާދި ފަހުން ވަނީ ރާއްޖެއަށް އިންޒާރުކޮށް ސިޓީއެއް ފޮނުވައިފަ އެވެ.

އައިޓީޓީއެފްގެ މެންބާ ރިލޭޝަން ޑައިރެކްޓާ މުނީރު ބައްސާހް، ސޮއި ކުރައްވައި ޓީޓީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ޓީޓީއޭއެމްގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް އެދި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ގަވާއިދުގެ ތެރެއިން ހުށަހަޅާފައިވާ ކަމެއް ނޫންކަން ޓީޓީއޭއެމުން ފޮނުވި ސިޓީގައި ހިމަނާފައިވާ މައުލޫމާތުން އެނގިގެންދާ ކަމަށެވެ.

އަދި އެހެންމެ މިފަދަ މައްސަލައެއް ޖައްސާނަމަ ހިންގާ ކޮމިޓީގެ 50 އިންސައްތަ ތާއީދު އެ ކޮޅަކަށް ލިބިގެން މެނުވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ސިޓީގައޮ ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅުމަށް ފަހު ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށް މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އަދި އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި މިކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑްވެދާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އަލިބެ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

"މިއީ ކަނޑައެޅިގެން ކޯޓުގައިވާ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުން ގެންދާ ކަމުގައި ވެސް ހިތާމަޔާ އެކު އަޅުގަނޑު ފާހަގަކުރަމެވެ،" އަލިބެ ބުނެފައިވެ އެވެ.

އަލިބެ މިހެން ބުނި ނަމަވެސް އައިޓީޓީއެފް އިން ޓީޓީއޭއެމްގެ ރައސް އަލީ ރަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި އެ އިދާރައިގެ ގަވާއިދާ ރާއްޖެއިން ހިލާފު ވެއްޖެނަމަ ރާއްޖޭގެ ޓޭބަލްޓެނިސް އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ފަސް ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ އެއްވެސް މެންބަރު އެސޯސިއޭޝަނަކުން ގަވާއިދާ ހިލާފު ވެއްޖެނަމަ، އެ އެސޯސިއޭޝަނެއްގެ ބާރު ކަނޑުވާލުމުގެ އިހްތިޔާރު ބޭނުން ކުރާނަމެވެ. އެއީ ދިވެހިރާއްޖޭގެެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަމުގައިވިއަސް ވެހެވެ." އައިޓީޓީއެފްގެ ސިޓީގައި ބުނެފައިވެ އެވެ.

ހަތަރު ނުކުތާއަކަށް ބިނާކޮށް ލިޔެފައިވާ އެ ސިޓީގައި ދެން ބުނެފައިވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ނިންމުންތައް އެތަނުން ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޓީޓީގެ މައްސަލަ ގޯސްވެ، އިންތިހާބުގެ ފޯރިގަދަވެފައިވާ އިރު، ތިން ފަރާތަކުން ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. ޓީޓީގެ އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ތާވަލު ކޮށްފައި އޮތީ މާދަމާއަށެވެ.

comment ކޮމެންޓް