ފުޓްބޯޅަ ކުޅެން އުޅުނު 10 ކުދިން ހޮނުއެޅުމުގެ ސަބަބުން މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގެ އުތުރު-ހުޅަނގު ސިޓީއެއް ކަމަށްވާ އަރޫއާގަ އެވެ.
އެކުދިން ކުޅެން ތިއްބައި މާބޮޑަށް ވިއްސާރަވެހެން ފެށުމުން ހިޔާވެލަންވެގެން ފަނުން ހަދާފައިވާ ހަޓެއްގެ ދަށަށް ވަނުމުން ހޮނު އެޅީ އެވެ.
އެ ހާދިސާގައި ނުވަ ކުއްޖަކު ވަގުތުން މަރުވި އެވެ. އަދި އަނެއް ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެެ. އެ ހާދިސާގައި ސަލާމަތްވި ތިން ކުއްޖަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މަރުވެފައި ވަނީ އުމުރުން 13 އަހަރާއި 15 އަަހަރުގެ ދަރިވަރުން ތަކެކެވެ.
މީ ހޮނުއަޅައިގެން މި ފަހުން އެއް ފަހަރާ އެހާ ގިނަ ކުދިން އެގައުމެއްގައި މަރުވި ފުރަތަމަ ފަހަރެވެ. މީީގެ ކުރިން 2011 ވަނަ އަހަރު ހޮނު އަޅައިގެން އެއްފަހަރާ 18 ކުދިން ޔޫގެންޑާގައި މަރުވި އެވެ. ހަމަ އެ އަހަރު އެއް ހަފްތާ ތެރޭގައި އެގައުުގައި ހޮނުއަޅައިގެން 28 މީހުން މަރުވި އެވެ.
ޔޫގެންޑާގެ އުތުރު-ހުޅަނގު ސަރަހައްދަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ވިއްސާރަކޮށް ވަރަށް ގިނައިން ހޮނުއަޅާ ސަރަހައްދެކެވެ. -- ބީބީސީ