މަޖިލިސް ރައީސް މާލީ ބަޔާން ހުށަހަޅުއްވައިފި، އަދި އާންމެއް ނުކުރައްވާ

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ނަޝީދު މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވަނީީ ފާސްކޮށްފަ އެވެ. ނަމަވެސް މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީސް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށާއިި އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން ދެ ކުދިންގެ މާލީ ބަޔާން ވެސް ހުށަހަޅުއްވަން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ބުނާގޮތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭނެ އެވެ.

އެ މާއްދާގެ (ރ) ގައިވަނީ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

comment ކޮމެންޓް