ހޮންގް ކޮންގްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކޮށްފި

ހޮންގް ކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިލައްވާ ލަމް ޗެކް ކިއުންގް(ވ) އަދި ޓެޑް ހުއި ޗި ފިންގް (ކ)--

ހޮންގް ކޮންގްގައި މިފަހުން ބޭއްވި އެންމެ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ގާުނޫނު ހަދާ މަޖިލީހުގައި ހިމެނޭ ދެ މެމްބަރުން ހައްޔަރުކޮށްފި އެވެ.

އިއްޔެ ހައްޔަރުކޮށްފައި ވަނީ ހޮންގް ކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، ލަމް ޗެކް ކިއުންގް އަދި ޓެޑް ހުއި ޗި ފިންގް އެވެ. އެ ދެ މެމްބަރުން ވެސް ގާނޫނު ހަދާ މަޖިލީހަށް ހޮވިފައި ވަނީ 2016 ވަނަ އަަހަރު އެވެ.

އެމީހުން ހައްޔަރުކުރީ ސީދާ ސަބަބު ފުލުހުން ނުބުނެ އެވެ.

ހޮންގްކޮންގްގެ ޑިމޮކްރެޓިކް ޕާޓީން ބުނީ ލަމް ހައްޔަރުކުރީ ޖުލައި މަހު 21 ވަނަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.

އެ ދުވަހު ވަނީ 100 މީހުން މޮބަކުން ނިކުމެ ދަނޑިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ހަމަލާ ދީފަ އެވެ. އެ ދުވަހު ލަމްގެ މޫނަށް ހަމަލާ އަމާޒުވެ، ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.

މޮބުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ 44 މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ލަމް ހައްޔަރުކުރީ ކީއްވެގެން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ލިމްއާ އެކު ހައްޔަރުކުރި ގާނޫނު ހަދާ މަޖިލީހުގެ ހިމެނޭ މެމްބަރު ޓެޑް ހުއިގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ޖުލައި ހަ ވަނަ ދުވަހު ހިންގި މުޒާހަރާތަކުގައި ބައިވެރިވުން ވެސް ހިމެނެ އެވެ. އެ ދުވަހުގެ މުޒަހަރާތައް ހަމަނުޖެހުންތަކަަކަށް ބަދަލުވީ ޗައިނާގައި ވާހަކަ ދައްކާ މެންޑަރިން ބަހުން އަންހެނަކު މާބަރަށް ލަވަކިޔައި އަޑުގަދަކުރުމުންނެވެ.

ދެ މެމްބަރުން ހައްޔަރުކުރި އިރު ޗައިނާއިން ދާދިފަހުން ވަނީ ހޮންގްކޮންގްގެ އަމަނާ ބެހޭ ގާނޫނެއް ފާސްކޮށްފަ އެވެ.

މެމްބަރުން ހައްޔަރުކުރީ އެ ގާނޫނުގެ ދަށުން އިދިކޮޅު ފަރާތްތައް ނައްތާލަން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބުނެފަ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް