ހޮންކޮންގްއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް ގްރޭޓާ ބޭ އެއާލައިނުން ފަށައިފި

ގްރޭޓާ ބޭ އެއާލައިނުގެ ދަތުރުތައް ސީދާ ހޮންކޮންގާ ރާއްޖެއަށް ފެށުން --- ފޮޓޯ/ ވީއައިއޭ

ރާއްޖެއާއި ޗައިނާގެ ހޮންކޮންގްއާ ދެމެދު ގްރޭޓާ ބޭ އެއާލައިނުން މިއަދު ސީދާ ދަތުރުތަކެއް ފަށައިފިއެވެ.

މި މަހު 25ގެ ނިޔަލަށް އެ އެއާލައިނުން ދަތުރުތައް ކުރާއިރު، ރާއްޖެއައި ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ވަނީ މަރުހަބާ ކިޔާފައެވެ. އެ އެއާލައިނުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ވަނީ، ރަތް ފިނިފެންމަލަކާއި ހަދިޔާއެއް ދީފައެވެ.

ދުވާލަކު ދަތުރެއް އެ އެއާލައިނުން ހޮންގްކޮންގްއާ ދެމެދު ބާއްވަން ނިންމާފައިވާއިރު، އެ ދަތުރުތަކަށް ބޭނުންކުރާނީ، ބޮއިންގް 800-737 މަރުކާގެ މަތިންދާ ބޯޓެކެވެ.

މި ދުވަސްވަރު ޗައިނާގެ ގިނަ ފަތުރުވެރިންތަކެއް ރާއްޖެ އަންނައިރު، އެ ގައުމުން ވަނީ މާކެޓުގެ އެއްވަނަ މަގާމު އަލުން ހޯދާފައެވެ. މިގޮތުން، އިއްޔެގެ ނިޔަލަށް އެ ގައުމުން އެކަނި 35،000އަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރު ވެސް މާކެޓުގެ އެއްވަނައިގައި އޮތް އެގައުމުން މިދިޔަ އަހަރު ވަނީ، 329,286 ފަތުރުވެރިން އައިސްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ގްރޭޓާ ބޭ އެއާލައިނަކީ، މި ވަގުތު ރާއްޖެއާ ހޮންކޮންގާ ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ.

comment ކޮމެންޓް