ބިޕާޝާ އާއި ކަރަން ދަރިއަކު އެޑޮޕްޓްކުރަން ތައްޔާރު

ކަރަން އާއި ބިޕާޝާ---

ބޮލީވުޑްގެ ހިތްގައިމު ޖޯޑުކަމަށްވާ ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވަރު ދަރިއަކު އެޑޮޕްޓްކުރަން ތައްޔާރަށް ތިބިކަމަށް ބިޕާޝާ ބުނެފި އެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބިޕާޝާ ބުނީ އާއިލާއެއް ބިނާކުރަން ތައްޔާރަށް ތިބި ކަމަށާއި ދެމީހުން ވެސް ވަރަށް ބޮޑަށް ކުއްޖަކު ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ދެމަފިރިންނަށް ދަރިއަކު ނުލިބިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެޑޮޕްޓްކުރަން ވިސްނާކަމަށާއި ދަރިއަކު އެޑޮޕްޓް ކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ.

ބިޕާޝާ ބުނީ އިންޑިއާގެ ޔަތީމުޚާނާތަކުގައި ގިނަ ކުޑަކުދިން އެބަ ތިބި ކަމަށާއި އަޅާލާނެ ބައެއް ނެތް އެތައް ކުދިން އެބަ ތިބިކަމަށާއި އެތަނުން ކުއްޖަކު އެޑޮޕްޓްކުރާނީ ކަމަށެވެ. އަދި އެފަދަ ކުދިން ބެލުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކޭކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

"ދަރިއަކު ވަރަށް ބޭނުން. އެކަމަކު އިރާދައިގައި އެކަމެއް ވާން އޮތިއްޔާ ވާނީ. ދެން ބަލަން ތިބެމާ ދޯ."

ބިޕާޝާ އާއި ކަރަން އެކުގައި ކުޅުނު ޑްރާމާ "ޑޭންޖަރަސް" ދާދިފަހުން ވަނީ ރިލީޒްކޮށްފަ އެވެ. އެއީ ފަސް އަހަރުފަހުން މިދެތަރިން އެކުގައި ފެނިގެންދިޔަ ފިލްމެވެ.

comment ކޮމެންޓް