ކިއުބާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ކެއާ ޕެކޭޖް ފޮނުވައިފި

ކިއުބާއަށް ކެއާ ޕެކޭޖްތައް ފޮނުވުމުގެ މަަސައްކަތުގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ

ކިއުބާގައި ކިޔަވަން ތިބި ނުވަ ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއާ ޕެކޭޖްތައް ފޮނުވައިފި އެވެ.

ކިއުބާގައި ތިބޭ ދިވެހި ދަރިވަރުންނަކީ އާންމުކޮށް މެޑިސިން ކިޔަވާ ދަރިވަރުންނެެވެ.

ކިއުބާގައި ތިބި ކޮންމެ ދަރިވަރިކަރަަށް ވެސް އާއިލާއިން ފޮނުވާފައި ވަނީ 20 ކިލޯގެ ތަކެއްޗެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފޮނުވި ކެއާ ޕެކޭޖްތަކެއް ކަމަށެވެެ.

އެ ޕެކޭޖްތައް ފޮނުވާފައި ވަނީ ސްރީލަންކާގެ ސަރުކާރުގެ އެހީތެރިކަމާއެކީގަ އެވެެ. އަދި އެކަމަށް ޓަކައި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ކެއަރޕެކޭޖް ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމްއޭސީއެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ލިބިފައިވާ ކަމަށެވެެ.

މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށްވެސް ވަނީ ސަރުކާރު މެދުވެރިވެގެން ކެއާ ޕެކޭޖްތައް ފޮނުވާފައިދީފައިވެ އެވެ.

comment ކޮމެންޓް