މިއަދު 128 މީހުން ޕޮޒިޓިވް، 83 ދިވެހީން ހިމެނޭ

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރު ތެރޭ 128 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރޭ 83 ދިވެހިން ހިމެނޭ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ދެން ހިމެނެނީ ބަންގްލަދޭޝްގެ 35 މީހުންނާއި އިންޑިއާގެ ހަތަރު މީހުން އަދި ނޭޕާލުގެ ދެމީހުންނާއި ލަންކާގެ ހަތަރު މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 127 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި އެކަކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،494 އަށް އަރައިފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،553 މީހުންނަށެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް 2،920 މީހުން ބަލިން ރަގަޅުވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައިވަނީ 36 މީހުންނެވެ. މިހާތަނަށް 21 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.

comment ކޮމެންޓް