ތާރީހީ "ޓްވެންޓިއެތު ސެންޗުއަރީ ފޮކްސް" އަށް ނިމުމެެއް

ޓްވެންޓިއެތު ސެންޗުއަރީ ފޮކްސް ވަނީ ޓްވެންޓިއެތު ސެންޗުއަރީ ސްޓޫޑިއޯއަށް ބަދަލުކޮށްފައި

ޑިޒްނިޢިން މީޑިއާގެ އެންމެ ނުފޫޒުގަދަ އެއް ފަރާތްކަމަށްވާ ރުޕާޓް މާޑޮކްގެ ފޮކްސް މީޑިއާގެ ތެރޭގައި ހިމެނޭ ތާރީހީ ޕްރޮޑަކްޝަން ލޭބަލް "ޓްވެންޓިއެތު ސެންޗުއަރީ ފޮކްސް" އަށް ނިމުމެއް ގެނެސްފި އެވެ.

ޑިޒްނީއިން އެފަދަ ތާރީހީ ބޮޑު ނިންމުމަކަށް އައިސްފައި ވަނީ ޓްވެންޓިއެތު ސެންޗުއަރީ ފޮކްސްގެ ރީބްރޭންޑުކޮށް އެކުންފުނީގެ ނަން ބަދަލުކުރުމަށްފަހު އެވެ. މިހާރު އެކުންފުންޏަށް ކިޔާނީ "ޓްވެންޓިއެތު ސެންޗުއަރީ ސްޓޫޑިއޯސް"އެވެ. މިއީ ތާރީހީ ނިންމުމެކެވެ. ސަބަބަކީ 85 އަހަރުގެ ބްރޭންޑަކުން ފޮކްސް ނެގުމެވެ.

މާޑޮކްގެ ފޮކްސް މީޑިއާ އެސެޓްތައް ޑިޒްނީއިން ގަނެ މިދިޔަ އަހަރު ވަނީ އެ ޑީލް ފުރިހަމަކޮށްފަ އެވެ. ޑިޒްނީއިން ފޮކްސް މީޑިއާ އެއްކޮށް ގަނެފައިވަނީ 71.3 ބިލިއަން ޑޮލަރަށެވެ.

ފޮކްސް އެސެޓްގައި ހުރި އެހެން ކުންފުނީގެ ނަންތައް ވަނީ ޑިޒްނީއިން ބަދަލުކޮށްފައެވެ. އެކި ބައި ބަޔަށް ފޮކްސްގެ އެސެޓްތައް ގަނެފައިވާއިރު އެންމެ ބޮޑު އެސެޓްއަކީ ޓްވެންޓިއެތު ސެންޗުއަރީ ފޮކްސް އެވެ. އެެހެންކަމުން އެންމެ ފަހުން ރީބްރޭންޑުކުރެެވިފައިވަނީވެސް އެކުންފުންޏެވެ.

ޑިޒްނީއިން މީގެކުރީން ބަދަލުކޮށްފައިވާ ފޮކްސްގެ ކުންފުނިތަކަކީ "އޭބީސީ ސިގްނޭޗާ ސްޓޫޑިއޯ" އާއި "ފޮކްސް 21 ސްޓޫޑިއޯ" އެވެ. އެގޮތުން އޭބީސީ ސިގްނޭޗާ ސްޓޫޑިއޯ ރީބްރޭންޑްކޮށްފައިވަނީ "އޭބީސީ ސިގްނޭޗާ"އަށެވެ. އަދި ފޮކްސް 21 ސްޓޫޑިއޯ ރީބްރޭންޑްކޮށްފައިވަނީ "ޓަޗްސްޓޯން ޓެލެވިޝަން" އަށެވެ.

ޑިޒްނީއަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް މީޑިއާ ޕްރޮޑަކްޝަން ކުންފުންޏެވެ. ޓެލެވިޝަން އާއި ސިނަމާތަކުގައި އެންމެ ކުރީގައި އުޅެމުންދާ ޑިޒްނީ ވަނީ ނެޓްފްލިކްސް ފަދަ ސްޓްރީމިން ސާވިސްތަކާ ވާދަކުރުމަށްވެސް ޕްލެޓްފޯމެއް ގާއިމުކޮށްފަ އެވެ. އެގޮތުން "ޑިޒްނީ ޕްލަސް"ގެ ނަމުގައި ޑިޒްނީއިން ވަނީ ސްޓްރީމިން ސާވިސް އެއް މިދިޔަ އަހަރުގެ ތެރޭގައި ލޯންޗުކޮށްފަ އެވެ.

comment ކޮމެންޓް