ސަންޖޭއަށް ފުއްޕާމޭގެ ކެންސަރު ޖެހިއްޖެ

ސަންޖޭ ދަތު...

ބޮލީވުޑްގެ ކާމިޔާބު އެމްޓަރު ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ނޭވާލުމަށް އުނދަގޫވާތީ މި މަހު އަށް ވަނަ ދުވަހު މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި ސަންޖޭ އެޑްމިޓުކުރިއެވެ. އޭނާ ވަނީ ކޮވިޑަށް ޓެސްޓުވެސްކޮށްފަ އެވެ. ނަމަވެސް ވައިރަހަށް އޭނާ ވަނީ ނެގެޓިވް ވެފައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ސަންޖޭ ކުރި ޓުވީޓެއްގައި އޭނާ ފިލްމީ ދާއިރާގެ މަސައްކަތާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. އަދި ކުޑަ ބްރޭކެއް ނެގީ ސިއްހީ ފަރުވާއެއް ހޯދުމަށް ކަމަށާއި، ކުށް ހީތަށް ނުކުރުމާއި އޭނާއާމެދު ފިކުރު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައިވެއެވެ.

ނަމަވެސް ފިލްމު ކްރިޓީކް، ކޯމަލް ނެހެތާ ކުރި ޓުވީތެއްގައި ބުނެފައި ވަނީ ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށެވެ.

ސަންޖޭގެ ގާތް ރައްޓެއްސަކާ ހަވާލާދީ ނޫހެއްގައި ބުނެފައި ވަނީ، ސަންޖޭއަށް ވަރަށް އަވަހަށް ފަރުވާ ބޭނުންވާ ކަމަށާއި، އަވަހަށް ފަރުވާ ކުރެވިއްޖެނަމަ ބަލިން ރަނގަޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ފަރުވާއަށް ސަންޖޭ އެމެރިކާއަށް ފުރާނެ ކަމަށެވެ.

ސަންޖޭގެ އަނބިމީހާއާއި ކުދިން މިވަގުތު ތިބީ ދުބާއީގައެވެ.

comment ކޮމެންޓް