ދިރާގު ޓީވީ އިން ޖޮއިބޮކްސް އާއި ދެމަހުގެ ފީ ހިލޭ

ދިރާގު ޓީވީގެ ހާއްސަ ޕްރޮމޯޝަނުގެ ދަށުން ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް ހިލޭ ލިބޭނެ ---

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް (ޑީކޯޑަރު) ހިލޭ ލިބޭނެ އެވެ.

ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ތައާރަފުކުރީ ދާދިފަހުން ދިރާގު ޓީވީ އަށް، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް ތައާރަފުކުރި ދަނޑިވަޅާ ގުޅުވައިގެން ކަމަށެވެ. އެހެންކަމުން މިއީ ސްޓާ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ސްޓާ ނެޓްވޯކުން ވަނީ ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދިޔަ ހުރިހާ ޑްރާމާ ސިލްސިލާތައް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އަނބުރާ ދައްކަން ފަށާފަ އެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައި އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް