ފަސް އަހަރު ފަހުން ބިޕާޝާގެ ފިލްމެއް

ފިލްމުގެ ޕޯސްޓަރެއް--

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ފަސް އަހަރު ފަހުން ޑިޖިޓަލް ޕްލެޓްފޯމެއްގައި ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ބުޝަން ޕަޓޭލްގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމަކީ ބިޕާޝާގެ ފިރިމީހާ ކަރަން ސިންހް ގްރޯވަރުވެސް ފެނިގެންދާނެ ފިލްމެކެވެ. ޑޭންޖަރަސް ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ ރަސްމީ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު މި ފިލްމު ރިލީޒްކުރާނީ މިމަހު 14 ގައި އެމްއެކްސްޕްލޭޔަރުގަ އެވެ.

މި ފިލްމުން ފެނިގެންދާނީ ދެމަފިރިއެއްގެ ދެމެދުގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން އަނބިމީހާ ކުއްލި ގޮތަކަށް ގެއްލުމުން އޭނާ ހޯދަން ކުރާ މަސައްކަތެވެ. އަދި އެެ ކޭސް ތަހުގީގުކުރަން ފިރިމީހާ ގެ ކުރީގެ ލޯބިވެރިޔާ އަންނަ މަންޒަރެވެ.

މި ފިލްމުގައި ކަރަން ގެ އަނބިމީހާގެ ރޯލު ކުޅޭނީ ބަތަލާ ސޮނާލީ ރައުތެވެ. އަދި ބިޕާޝާ ކުޅެނީ ކަރަންގެ ކުރީގެ ލޯބިވެރިޔާ އަދި ފުލުސް މީހާގެ ބައެވެ.

ބަތަލާ ބިޕާޝާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ 2015 ވަނަ އަހަރު ނުކުތް ފިލްމު އެލޯން އިންނެވެ.

comment ކޮމެންޓް