މޮރޮކޯ ސަރުކާރުން ދިވެހިންނަށް އިތުރު 15 ސްކޮލަޝިޕް ފުރުސަތު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅުގައި މޮރޮކޯގެ ބޮޑުވަޒީރު ސައާދުއްދީން އަލް އުސްމާނީއާއެކު ---

މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު ފަސް ސްކޮލާޝިޕެވެ.

ނަމަވެސް މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާއިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްކޮލާޝިޕް ފުރުސަތުތަށް އިތުރުކޮށްދިނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީ ދަތުރުގައި އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އާންމު އުސޫލުގެ ދަށުން ކުރިއަށްގެންދާނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުންނެވެ.

މޮރޮކޯއަކީ ރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަހުވަންތަ ގައުމެކެވެ. އެގޮތުން، މިނިސްޓަރު ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީހުގައިވެސް ދިވެހި ހާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އެހެންކަމުން އެ ދަތުރުފުޅުވެގެން ގޮސްފައިވަނީ މޮރޮކޯ އާއި ރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި ބޮޅަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ދަތުރުގައި ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭގޮތުންނާއި، ތަރައްގީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު ހަތަރު ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރިއެވެ.

comment ކޮމެންޓް