111 ތަނެއް ބަލައި، 15 ތަނެއް ބަންދުކޮށްފި

މެއި 17، 2020: މިދިޔަ ރޯދަމަހު މާލޭގެ ރެސްޓޯރަންޓެއް ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ 15 ތަނެއް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބަންދުކޮށްފި އެވެ.

ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.

އެއަށްފަހު މިންގަނޑަށް ނުފެތޭ ތަންތައް ވަގުތީގޮތުން ބަންދުކުރުމުގެ މަސައްކަތް ދަނީ އެޗްޕީއޭއިން ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ޖުމްލަ 111 ތަނެއް ބަލާފައިވާ ކަމަށާއި، މިންގަނޑަށް ނުފެތޭކަމަށް ފާހަގަވި 15 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އިއްޔެ ބަންދުކުރީ ތިން ސެލޫނަކާއި، ހަ ފިހާރައަކާއި ހަ ކެފޭ/ރެސްޓޯރަންޓެކެވެ.

comment ކޮމެންޓް