ހައްގުތައް ނަގަހައްޓަންވީ ބާރުތަކުން ހެޔޮއެދިގެން، ހެޔޮ ކަމަކުން ނޫން: އޭޖީ

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމާ ދިމާކޮށް އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަނި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފާސްކުރި ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީ ރައީސް މައުމޫނު ތަސްދީގު ކުރެއްވީ 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު އެވެ.

ގާނޫނު އަސާސީ އަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނީ ބިންގަލާއި ދިވެހިރައްޔިތުންގެ ހައްގުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ސަރުކާރުން ނިޒާމް ހިނގާނެ ގޮތް ހިމެނޭ ފޮތެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކޮށް، އެއް ބާރުން އަނެއް ބާރު ޒިންމާދާރު ކުރެވޭނެ ނިޒާމަކަށް ދައުލަތް ބައްޓަން ކުރި އެވެ. ކުރިން ނުލިބޭ އެތައް ހައްގުތަކަކާއި މިނިވަންކަމެއް ގާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ނމަވެސް ފާއިތުވި 12 އަހަރުގެ ތެރޭގައި އެއާ މުޅިން ފުށޫ އަރާ ގާނޫނުތައް ހަދާފައި އެބަ ހުއްޓެވެ. ސިޔާސީ މަންފާތައް ހާސިލުކުރުމަށް އަވަސް އަވަހަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ އިތުރުން ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ދައުރުގެ ތެރެއަށް އަންނަނީ ވަންނަވަމުންނެވެ. ގާނޫނުއަސާސީން ދީފައިވާ ވަރަށް ވުރެ ފުޅާކޮށް ބާރު އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް