މިއަދު ޕޮޒިޓިވްވީ 86 މީހުން، 56 ދިވެހީން ހިމެނޭ

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް19 އަށް 86 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއީ ފަސް ދުވަސް ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 100 އިން ތިރިވި ފުރަތަމަ ދުވަހައެވެ.

ރޭގެ 6:00 އިން މިރޭގެ 6:00 އަށް އެޗްޕީއޭ އިން އާންމު ކުރި ކޮވިޑްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 56 ދިވެހިންނާއި 30 ބިދޭސީންނެވެ.

ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ، 27 ބަންގްލަދޭޝް މީހަކާއި އިންޑިއާ، ސްރީލަންކާ، އަދި ފިލިޕިންގެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ ކޭސްއެއް ފެނުނީ ގްރޭޓާމާލޭ ސަރަހައްދުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 4,680 އެވެ.

މިއަދު ބަލިން ފަސޭހަވެފައި ވަނީ، 19 މީހުންނެވެ. އެއާއެކު މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ، 2،725އަށް އަރާފައެވެ. މިހާރު އެ ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،936 އެވެ. އޭގެތެރެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 128 މީހުންނަށެވެ.

ޖުމްލަ މިހާތަނަށް ޓެސްޓުކުރި ސާމްޕަލްގެ އަދަދަކީ، 85،587 އެވެ.

މިދިޔަ ފަސް ދުވަހު މުޅިންވެސް ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ކޭސްތައް ފެނެއެވެ. އެގޮތުން މިހާތަނަށް ރިކޯޑް އަދަދަކަށް ކޭސްތައް ފެނުނީ، މި މަހުގެ ދެވަނަ ދުވަހުއެވެ. އެއީ 215 ކޭސް އެވެ.

ހަލުވިކަމައެކު ވައިރަސް ފެތުރެމުންދާތީ ސަރުކާރުން މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މަޖުބޫރުކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދިފައެވެ. އޭގެ އިތުރުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް މިހާރު ކާފިއުވެސް އަންނަނީ ހިންގަމުންނެވެ. އަދި ވިޔަފާރިތައްވެސް ރޭގަނޑު 9:30ގައި ބަންދު ކުރާ ގޮތަށް މިހާރު ވަގުތު ވަނީ ބަދަލުކޮށްފައެވެ.

ޕޮޒިޓިވީ 86 މީހުން ކަމަށާއި އޭގެތެރޭގައި 56 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

comment ކޮމެންޓް