ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް، އައްޑޫ މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްޘޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައި އުއްމުކުލްޘޫމް ކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
އުއްމުކުލްޘޫމް އަކީ ޖޭއެސްސީގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރެވެ.
އުއްމުކުލްޘޫމް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީންނެވެ.
އުއްމުކުލްޘޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސް މަގާމުތައް ފުރުއްވާފައިވެއެވެ.