އައިޝްވާރިޔާ އާއި އާރަދިއާ ކޮވިޑަށް ނެގަޓިވްވެ ހޮސްޕިޓަލުން ދޫކޮށްލައިފި

އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އާރަދިއާ--

ކޮވިޑަށް ޕޮޒިޓިވްވެގެން ގޭގައި އައިސޮލޭޓްވެގެން އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިއާ ބައްޗަން ކޮވިޑަށް ނެގަޓިވްވެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އާރަދިއާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަމީތާބު ބައްޗަން އާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަން އަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އައިޝްވާރިޔާ އާއި އާރަދިއާ ކޮވިޑަށް ނެގަޓިވްކަން އަބީޝޭކް ކުރި ޓްވީޓުގައި ވަނީ ބުނެފަ އެވެ.

ބަތަލާ އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ދެވަނަ ޓެސްޓުންނެވެ. އަމީތާބު އާއި އަބީޝޭކަށް މި މަހުގެ 11 އިން ފެށިގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އިންޑިއާގައި ހަލުވިކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ.

comment ކޮމެންޓް