އެމިރޭޓްސްއިން ދަތުރުކުރާއިރު ކޮވިޑް ޖެހިއްޖެނަމަ ފަރުވާގެ ހަރަދުތައް ކޮށްދެނީ

އެމިރޭޓްސްގެ ކެބިން ކްރޫއަކު ފަސެންޖަރަކާއެކީ--

އެމިރޭޓްސް އެއާލައިންގެ ފްލައިޓްތަކުން ދަތުރުކުރާ ފަސެންޖަރަކަށް ކޮވިޑް ޖެހިއްޖެނަމަ ފަރުވާގެ ހަރަދުތައް ކޮށްދޭން އެ އެއާލައިންއިން ނިންމައިފި އެވެ.

އެގޮތުން ކޮވިޑް ޖެހިއްޖެނަމަ ފަރުވާގެ ހަރަދަށް ގިނަވެގެން 173،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެެ. އަދި ކަރަންޓީނުގައި ހުންނަން ޖެހިއްޖެނަމަ ކޮންމެ ދުވަހަކަށް 100 ޑޮލަރުގެ މަގުން ފައިސާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެ ހަރަދުތައް ހުރިހާ ފަސެންޖަރުންނަށްވެސް ލިބޭނީ އަންނަ އޮކްޓޫބަރުމަހުގެ 31 އާ ހަމައަށެެވެ. އަދި ހަރަދު ދޭނީ ފަސެންޖަރު އެ ފްލައިޓުން ދަތުރުކުރާތާ 31 ދުވަސް ވަންދެނެވެ.

އެމިރޭޓްސް ގްރޫޕުގެ ޗެއާމަން ޝެއިން އަހުމަދު ބިން ސައީދު އަލް މަޙްތޫމް ވިދާޅުވީ ކޮވިޑްއިން ފަސެންޖަރުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ އެއާލައިންއިން އަޅާފައިވާ ކަމަށެވެެ. އަދި ފަސެންޖަރުންނަށް ބަދަލު ދޭން ނިންމި ނިންމުމަކީ އެ އެއާލައިންގެ ރައްކާތެރިކަން މުޅިން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަދަލު ދިނުމުގެ އުސޫލެއް ހަމަޖެއްސި ފުރަތަމަ އެއާލައިންއަކަށް ވެސް އެމިރޭޓްސް ވަނީ ވެފަ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު އެވޯޑްތައް ލިބިފައިވާ އެއާލައިންތަކުގެ ތެރޭގައި އެމިޜޭޓްސް ހިމެނެ އެވެ.

މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ އުޒްބެކިސްތާނުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް 3000 ޑޮލަރު ދޭން އެގައުމުން މިހާރު ވަނީ ނިންމައިފަ އެވެ. --ސީއެންއެން

comment ކޮމެންޓް