ފުރަތަމަ ފަހަރަށް ދިވެއްސަކު އޮކްސްފޯޑުން ލޯ ޑިގްރީއެއް ހާސިލުކޮށްފި

އީމާން ހުސްނުއްސުއޫދު ގްރެޖުއޭޓްވި ދަރިވަރުންނާ އެކު

ދުނިޔޭގެ ނަން މަޝްހޫރު އޮކްސްފޯޑް ޔުނިވަސިޓީގައި ގާނޫނީ ދާއިރާ އިން ފުރަތަމަ ފަހަރަށް ދިވެހި ކުއްޖަކު ގްރެޖުއޭޓް ވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުުގެ ދަރިކަނބަލުން އީމާން ހުސްނުއްސުއޫދު، 22، އަކީ އޮކްސްފޯޑުން ގާނޫނީ ދާއިރާ އިން އަންޑަގްރެޖުއޭޓްވެ ވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ.

ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ އީމާން ހާސިލު ކުރެއްވިއަސް، އެ ނޫން ދާއިރާތަކުން ދިވެހި ދަރިވަރުން ވަނީ އޮކްސްފޯޑް ޔުނިވަސިޓީ އިން މަތީ ތައުލީމް ހާސިލުކޮށްފަ އެވެ.

ހުސްނުއްސުއޫދުގެ ދެ ރަރިކަނބަލުންގެ ތެރެއިން އެންމެ ދޮށީ ދަރިކަނބަލަކީ އީމާން އެވެ. އޭނާ ސާނަވީ ތައުލީމު އިނގިރޭސިވިލާތުގައި ހާސިލްކުރެއްވުމަށް ފަހު ކިޔަވާވިދާޅުވީ ސިންގަޕޫރުގަ އެވެ.

comment ކޮމެންޓް