މެޕްސް ކޮލެޖުގެ ފަރާތުން އޭވިއޭޝަން މެނޭޖްމެންޓް ދާއިރާގެ މާސްޓާސް ކޯސް ތައާރަފުކޮށްފިއެވެ.
މިކޯސް ތައާރަފު ކުރުމާ ގުޅިގެން އެ ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރު ފާތިމަތު ރަޝީދު ވިދާޅުވީ އޭވިއޭޝަން ދާއިރާއަކީ ރާއްޖޭގެ ސިނާއަތުގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ ދާއިރާއަކަށް ވެފައި، އޭވިއޭޝަން އޮޕަރޭޝަންތަކާއި، ގަވާއިދުތަކާއި ސްޓްރެޓެޖިކް ޕްލޭންތައް މެނޭޖުކުރުމުގެ ކޮމްޕްލެކްސިޓީތައް ވިސްނޭ ހުނަރުވެރި ފަންނުވެރިން އެ ދާއިރާއަށް ބޭނުންވެފައިވާ ކަމަށެވެ.
މެޕްސް ކޮލެޖުން ތައާރަފު ކުރި މާސްޓާސް އޮފް އޭވިއޭޝަން މެނޭޖްމަންޓް ކޯހުގެ ސަބަބުން އޭވިއޭޝަން ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުހުރި ގިނަ ބަޔަކަށް މަތީ ފެންވަރުގެ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
އެ ކޯހުގެ ސަބަބުން އޭވިއޭޝަން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް އަމިއްލަ ގައުމުގައި ތިބެގެން ހެޔޮ އަގެއްގައި މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތު ދިނެވެ.
ޚާއްސަކޮށް މިއީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި ފަސޭހަ ކަމާއެކު މާސްޓާސް ލެވެލް ކޯހެއް ފުރިހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173934702850c9lE.png)
މެޕްސް ކޮލެޖުން ދުނިޔެ ގަބޫލު ކުރާ ޔޫކޭގެ ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ސަނަދުތައް ތައާރަފްކުރުމަށް ބޭއްވި ޙަފްލާގައި އެ ކޮލެޖުގެ އިސްވެރިން--ފޮޓޯ/މެޕްސްކޮލެޖުވެބްސައިޓް
މާސްޓާ އޮފް އޭވިއޭޝަން މެނޭޖްމަންޓް ކޯހުގެ އިތުރުން މެޕްސް ކޮލެޖުން ހިންގާ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މާސްޓާ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހުގެ ކިޔެވުން ވެސް މި އަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ފަށަން ނިންމާފައި ވާއިރު މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ މާރިޗު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ބެޗެލާސް ޑިގްރީ (އެމްއެންކިއުއެފް) ލެވެލް 7 ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ މާސްޓާސް ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މާސްޓާސް ކޯސްތަކަށް އިންސްޓޯލްމަންޓް އުސޫލުން ކޯސް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.
މެޕްސް ކޮލެޖްއިން ހިންގާ އިތުރު ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީ ލެވެލްގެ ތަފާތު އެކި ދާއިރާތައް ހިމެނެއެވެ. އޭގެތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ސަޕްލައި ޗެއިން މެނޭޖްމަންޓް، ޓުވަރިޒަމް މެނޭޖްމަންޓް އަދި އައިޓީގެ ކޯސްތައް ހިމެނެއެވެ.
ހަމައެއާއެކު އިންޓަނޭޝަނަލް ކޯސްތައް ކަމަށްވާ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތައް ވެސް މެޕްސް ކޮލެޖުގައި ހިންގައެވެ.
މެޕްސް ކޮލެޖަކީ މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. ޚިދުމަތުގައި 25 އަހަރު ފުރިފައިވާ މެޕްސް ކޮލެޖުން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުންނެވެ.
މެޕްސް ކޮލެޖުން ހިންގަމުން އަންނަ ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބޭނެއެވެ. ހަމައެއާއެކު ކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅުމުން ވެސް ކޯސްތަކާބެހޭ އިތުރު މައުލޫމާތު ފޯރުކޮށް ދޭނެއެވެ.