ދިރާގު ފައިބާ އާ ކަނެކްޝަން އާއި ރައުޓާ ހިލޭ

ދިރާގު ހެޑްއޮފީސް--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ކަނެކްޝަން ފީ އާއި ރައުޓާގެ ފީ ހިލޭކޮށްދިނުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނެފައިވަނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބާ ކޭބަލްއެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް މުޅީން ހިލޭ ގުޅައިދޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ހިލޭ ރައުޓާވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އޭގެއިތުރުން ދިރާގު ފައިބާ ނެތް ބިލްޑިން ތަކުގެ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން ކަނެކްޝަން ފީއިން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ފަރާތްތަކަށްވެސް ރައުޓާ ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31ގެ ނިޔަލަށް ކަމަށެވެ.

ދިރާގުން އިތުރަށް ބުނެފައިވަނީ އެ ޕްރޮމޯޝަން އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް އެކުންފުނީން ބުންޏެވެ. އަދި، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކު ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް