އެމްޑީއެންގެ ތަހުގީގާ ގުޅޭ މައުލޫމާތު ސީޕީ އިލްމުވެރިންނާ ހިއްސާ ކުރައްވައިފި

ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލު ކުރެއްވުން --- ފޮޓޯ: ޕޮލިސް

ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވައި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އާ ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރައްވައިފިއެވެ.

ފުލުހުން ބުނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން ސިޕީ ހަމީދު އަޑުއެއްސެވި ކަމަށާއި އެމްޑީއެން އާ ގުޅޭ ގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް އިލްމުވެރިންނާ ހިއްސާ ކޮށްދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް19ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ސީޕީ ޝުކުރު އަދާކުރެއްވި ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ސީޕީ، އިލްމުވެރިންނަށް އެރުވިކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފުލުހުހުން ބުންޏެވެ

މި ބައްދަލުވުމުގައި ބައިވެރިވެލެއްވި އިލްމުވެރިންވަނީ އެބޭފުޅުން ސާފުކުރަން އެދުނު މައުލޫމާތުތައް ސާފުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް