އައިޝްވާރިޔާ އާއި ދަރިފުޅު އާރަދިއާ ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައިޝްވާރިޔާ އާއި އޭނާގެ އަށް އަހަރުގެ ދަރިފުޅު އާރަދިޔާ ބައްޗަން---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިޔާ ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އައިޝްވާރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވްވިއިރު އަމީތާބް ބައްޗަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ރޭގެ ވަގުތެއްގައި ދެތަރިން ވެސް ކޮވިޑަށް ޕޮޒިޓިވްވުމުން އާއިލާގެ މެންބަރުންގެ އިތުރުން ސްޓާފުން ވެސް ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ބަތަލާ އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހެދި ދެވަނަ ޓެސްޓުން ކަމަށް ޚަބަރުތައް ބުނެއެވެ.

އަމީތާބުގެ އާއިލާގެ ގިނަ މެންބަރުންނެއް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ އަންހެނުން ޖަޔާ ބައްޗަންގެ ނަތީޖާ ދައްކަނީ ނެގަޓިވްކޮށެވެ.

ޚަބަރުތައް ބުނާގޮތުގައި އެ އާއިލާގެ 16 މީހަކު މިހާރު ކޮވިޑަށް ޓެސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގާޑުންނާ މަސައްކަތު މީހުން ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން އެ ގެ ހިމެނޭ ސަރަހައްދު މިހާރު އަންނަނީ ޑިސްއިންފްކެޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް