ކޮވިޑް-19 އާ ގުޅިގެން އިލްމުވެރިން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، އެ ފަރާތްތަކާއި ބައްދަލު ކުރައްވައި ޝުކުރު އަދާކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މުހައްމަދު އަފްރާހް 'ސަން' އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި އިލްމުވެރީން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އިލްމުވެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް ވެސް ވަނީ ނައިބު ރައީސްއާ ހިއްސާ ކޮށްފައެވެ.