ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކުގެ ފަސްވަނާގައި އިތާފުށި

ވޯލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި----

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ހޮޓެލްގެ ލިސްޓުގެ ފަސްވަނާގައި ވޯލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހިމެނިއްޖެއެވެ.

ލަގްޒަރީ ޓްރެވަލް މެގަޒިން ޓްރެވަލް އެންޑް ލެޒާ އިން ހޮވި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކުގެ ފަސްވަނަ އިތާފުއްޓަށް ލިބުނުއިރު، އޭޝިއާ ސަރަހައްދުގެ ހޮޓެލްތަކުގެ ތެރެއިން އެ ރިސޯޓަށް ވަނީ ތިންވަނަ ލިބިފައެވެ.

މިދިޔަ އަހަރު ހުޅުވާ، ފަތުރުވެރިންނަށް ހިދުމަތް ދޭންފެށި އިތާފުއްޓަކީ މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ތަރައްގީކޮށްފައިވާ މަތީފެންވަރުގެ ރިސޯޓެކެވެ. ހިލްޓަލްގެ ވޯލްޑޮފް އެސްޓޯރިއާ ބްރޭންޑުގެ ދަށުން ހިންގާ މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

މި ރިސޯޓުގައި 121 ވިލާއާއެކު ދުނިޔޭގެ މަގުބޫލު ރަހަތަކަށް އިންސާފުކުރެވޭ 11 ކެފޭ/ރެސްޓޯރެންޓު ހުރެއެވެ.

އެ ރިސޯޓަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން ރިސޯޓުން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ފަތުރުވެރިންނަށް ތަފާތު، ތަޖުރިބާއެއް ދިނުމަށް ކަމަށެވެ.

comment ކޮމެންޓް