އިންޑިއާއިން ފެހެންދޫ ދަރިވަރުންނަށް ދޭ ފެރީ ހަދިޔާކޮށްފި

ފެހެންދޫއަށް ހަދިޔާކުރާ ލޯންޗް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ސަރުކާރުން ބ. ފެހެންދޫގެ ދަރިވަރުންނަށް ދޭ ފެރީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

އެ ލޯންޗް ޑިޒައިންކޮށް އުފައްދާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން، އެގައުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯންޗްގައި 30 ދަރިވަރުންގެ ޖާގަ އޮންނަ ކަަމަށެވެެ.

ފެހެންދޫއަށް ހަދިޔާކުރާ ލޯންޗް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ މަދުވުމުން 2008 އިން ފެށިގެން ސްކޫލް ބަންދުކޮށްފައިވާތީ އެރަށުގެ ދަރިވަރުން ކިޔަވަންދަނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫގެ ސްކޫލަށެވެ.

އިންޑިއާއިން ފެެހެންދޫއަށް ހަދިޔާކުރި ލޯންޗު-- ފޮޓޯ: ފޮރިން މިނިސްޓްރީ

ނަމަވެސް ގޮއިދޫއަށް ކުޑަކުޑަ ޑިންގީއެއްގައި ދާން ޖެހޭތީ ދަރިވަރުނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެއެވެ.

އިންޑިއާއިން ހަދިޔާ ކުރި ލޯންޗާއެކު ފެހެންދޫއާއި ގޮއިދޫގެ ދެމެދު ކުރެވޭ އެ ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެން ދާނެއެވެ.

އިންޑިއާއިން ހަދިޔާ ކުރި ލޯންޗް-- ފޮޓޯ: ފޮރިން މިނިސްޓްރީ

މިއީ މިދިޔަ އަހަރު މާޗްމަހު އިންޑިއާއިން ރާއްޖެއިން ފޯރުކޮށްދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ ގްރާންޓް އެހީގެ ތެރެއިން ދިން އެހީއެކެވެ. އެ ގްރާންޓްގެ ތެރެއިން 18 ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެެ.

އިންޑިއާގެ އެހީ ގްރާންޓްގެ ދަށުން ހިންގާ އިތުރު ޕްރޮޖެކްޓްތައް

 • ފަސްދޮޅަސް އެއް ރަށެއްގައި އޯޕަން-އެއާ ޖިމް އިމާރާތްކުރުން
 • އއ.ރަސްދޫ ރަށްގިރުން ހުއްޓުވުމުގެ މަޝްރޫއު
 • މ. ކޮޅުފުށީގައި މަގުމަތީ ލައިޓް ހަރުކުރުން
 • ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގް އެކެޑެމީ އަޕްގްރޭޑް ކުރުން
 • ނ. ޅޮހި އަދި ރ. ކިނޮޅަހު ސްކޫލްގައި ކްލާސްރޫމް އިމާރާތްކުރުން
 • ބ. ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްތަށް ގާއިމްކުރުން
 • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އުޅަނދު ފޯރުކޮށްދިނުން
 • ފުވައްމުލައް އަދި ކުޅުދުއްފުށީ ސިޓީގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުން
 • ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީކުރުން
 • އެރައިވަލް ޖެޓީ މަރާމާތުކުރުން
 • ފަސްދޮޅަށް ހަތް ރަށަކަށް ޗިލްޑްރެންސް ޕާކް އިކުއިޕްމެންޓް ފޯރުކޮށްދިނުން
 • ގދ. ފަރެސްމާތޮޑާގެ ވެޓްލޭންޑް ޕާކް އޭރިއާ ތަރައްގީކުރުން
comment ކޮމެންޓް