މިއަދު 10 މީހުން ޕޮޒިޓިވް، ރަނގަޅުވީ 45 މީހުން

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު 10 މީހަކު މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 2501އަށް އަރާފަ އެވެ.

އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 326 އެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 12 އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 45 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު ބަލިން ރަނގަޅުވި ޖުމުލަ މީހުންގެ އަދަދަކީ 2158 އެވެ.

comment ކޮމެންޓް