ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ.
ފެނަކަ އިން ބުނީ އެ ކުންފުނިން ޖޫން މަހުގެ ރީޑިން ނަގާފައިވާނީ ގޭގެއަށް ގޮސްގެން ކަމަށެވެ. އަދި ބިލު ބޮޑުވެގެން ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި، އެކަމާ ގުޅިގެން ބެލި ބެލުމުން ފާއިތުވި ތިން މަހުގެ ތެރެއިން އެންމެ ކަތަންޓު ޔޫސޭޖު ކުޑައީ ޖޫން މަހު ނަމަވެސް، ސަބްސިޑީ ނުހިމަނާ ފޮނުވާފައިވާ ބިލަކަށްވާތީ، ބިލުގެ އެމައުންޓު ބޮޑު ކަމަށް ދައްކާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބިލުތަކަށް ސަބްސިޑީ ދޭން މި ނިމުނީ މިއަދު،" ފެނަކަ އިން ވަހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ،
އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ބިލުންވެސް 40 ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ.
ސްޓެލްކޯގެ ބިލްތަކުން ޑިސްކައުންޓް ދޭން ނިންމިއިރު މިދިޔަ މަހުގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުކަމަށްބުނެ އާންމުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ.
ނަމަވެސް ފެނަކައިގެ ކަރަންޓު ބިލްތައް މިދިޔަ މަހު ބޮޑުވިކަމަށް ސާފެއް ނުވެއެވެ.
ކޮވިޑާ ގުޅިގެން ސްޓެލްކޯއެކޭ އެއްގޮތަށް ފެނަކައިންވެސް ކަރަންޓު މީޓަރުގެ ރީޑިން ނަގައިފައިވަނީ ކަސްޓަމަރުން ފޮނުވި ފޮޓޯތަކުގެ މައްޗަށް ބަލައިގެންނެވެ. ރީޑިންގެ ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހެދީ އެވްރެޖު ބިލެއް ކަމަށާއި އެގޮތުން އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބަލައި، ބިލު ހެދި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން މިހާރުވެސް 145 އަށް ވުރެ ގިނަ ބްރާންޗްތަކުން ދަނީ ހިދުމަތް ދެމުންނެވެ.