އިންޑޮނޭޝިއާ މީހާ މަރުވީ ކޮވިޑްގައި ކަމަށް ބުނެވުނީ އޮޅުމަކުން: އެޗްޕީއޭ

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް ޖެހިގެން 11 ވަނަ މީހަކު މަރުވިކަމަށް މިރޭ މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ދެންމެ ކުރި ޓްވިޓެއްގައި ބުނީ އިންޑޮނޭޝިއާ މީހާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 9:47 ހާއިރުއެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.

މީގެ ތެރޭ ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބިދޭސިންނެވެ. ބިދޭސިންގެ ތެރޭ ބަންގްލަދޭޝްގެ ހަތަރު މީހެއްގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސްގެ މީހެކެވެ.

ރާއްޖެއިން މިހާތަނަށް 2400 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1964 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް