"ޓެލީއާ އެކު ކޮއްކޮމެން"ގެ ނަމުގައި އެނިމޭޓެޑް އާ ޕްރޮގްރާމެއް ފަށައިފި

ކުޑަކުދިންތަކެއް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން "ޓެލީއާއެކު ކޮއްކޮމެން"ގެ ނަމުގައި މުޅިން އާ އެނިމޭޓެޑް ޕްރޮގްރާމެއް މިއަދު ދައްކަން ފަށައިފި އެވެ.

މިއީ އެންމެ ތުއްތު ކުދިން ނުވަތަ ފައުންޑޭޝަން ސްޓޭޖްގައި ހިމެނޭ ދަރިވަރުންނަށް ހާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ގެނެސްދެނީ ދިވެހި ޗެނަލުން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 2:15 އިން 2:45 އަކަށެވެ.

އެ ޕްރޮގުރާމަކީ އެޑިއުކޭޝަން މިނިސްޓްރީން ޔުނިސެފްގެ އެހީތެރިކަމާއި އެކު ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ގެނެސްދޭ އެ ޕްރޮގްރާމްއަކީ ޔުނިސެފުގެ އެހީތެރިކަމާ އެކު ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއީ ފުރަބަންދުގެ ހާލަތުގައި ކުދިން ގޭގައި ތިބޭއިރު ކުދިންގެ ދުވަހުގެ ތެރޭގައި، ސްކޫލް މާހައުލްގެ ތެރެއިން ދަރިވަރުން ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން މަންހަޖުގައި ހިމެނޭ ބައެއް "ވެލިއު"ތަކާއި ސިފަތައް އަދި ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ.

ޖުމްލަ ވިހި މިނެޓްގެ މައްޗަށް އެކުލެވިގެންވާ އެ ޕްރޮގްރާމްގެ ގެނެސްދޭން ނިންމާފައި ވަނީ 15 އެޕިސޯޑެވެ. ލިޔަން ކިޔުމަށް އިސްކަން ދީގެން ދިވެހި، އިގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާތައް އެ ޕްރޮގްރާމްގައި ހިމެެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވެސް ދަނީ ފައުންޑޭޝަން ސްޓޭޖަށް ހާއްސަކޮށް "ކޮއްކޮމެންގެ ޓެލިކިލާސް"ގެ ނަމުގައި ދިވެހި ޗެނަލުން ހާއްސަ ޕްރޮގްރާމެއް ގެނެސްދެމުންނެވެ. މީގެ ކުރިން އެ ޕްރޮގްރާމް ދައްކަމުން ދިޔައީ ހަވީރު އެވެ.

ނަމަވެސް ފުރަބަންދުގެ ލުޔާ އެކު ކުޑަކުދިން ބޭރަށް ނުކުތުމަށް ހަމަޖައްސާފައިވާ ގަޑިއާ ދިމާވާތީ، ދަރިވަރުން ބޭރަށް ނުކުމެލާ އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން އެ ޕްރޮގްރާމްއަށް ބަދަލުގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ދެން އެ ކުލާސްތައް ދައްކާނީ މެންދުރު ފަހު 2.15 އިން 3.15 އާ ދެމެދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް