އެޗްއެސްބީސީގައި ހުރި ބޭނުންނުކުރާ 19 އެކައުންޓެއް އުވާލަނީ

އެޗްއެސްވީސީ މާލޭ ބްރާންޗުގައި ހުރި އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާތާ ފަސް އަހަރުވީ 19 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފި އެވެ.

އެޗްއެސްބީސީ އިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ މި މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

އެޗްއެސްބީސީ މާލޭ ބްރާންޗުގައި ޑޯމަންޓް އެކައުންޓެއްއޮތް ކަސްޓަމަރެއް ކަމުގައި ވާނަމަ، އެ ބޭންކާ ގުޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ޑޯމަންޓް އެކައުންޓް ގެ ތަފުސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވައިފައިވާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

އެކައުންޓުތކުގެ މައުލޫމާތު އާންމުކުރާތާ 60 ދުވަހުގެ ތެރޭގައި، އެކައުންޓުގައި ހުރި ފައިސާއާ ހަވާލުނުވާނަމަ، ރާއްޖޭގެ ބެންކިން ގާނޫނު ބުނާގޮތަށް، އެ ފައިސާ އެމްއެމްއޭ އާއި ހަވާލު ކުރާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

comment ކޮމެންޓް