ކޮވިޑް ތެރޭ 8000 ޕެސެންޖަރުންނަށް ހިދުމަތް ދިނިން: އެމްއޭސީއެލް

ރެޕަޓްރިއޭޝަން ފްލައިޓެއްގައި ފުރާ ބަޔަކަށް އެމްއޭސީއެލް އިން ހިދުމަތް ދެނީ --- ފޮޓޯ: ވީއައިއޭ

ފާއވި ދެ މަސްތެރޭ އެމްއޭސީއެލް އިން 8000 ފަސިންޖަރުން ހޭންޑްލް ކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެނޭޖުކުރާ އެމްއޭސީއެލް އިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިއަދު ބުނީ ކޮވިޑް19 އާއި ގުޅިގެން މާޗު މަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ފަހުން ފާއިތުވި ދެ މަސްތެރޭ އެ އެއާޕޯޓުން 8000 ފަސިންޖަރުން ހޭންޑްލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރެޕްރިޓްރޭޝަން ފްލައިޓުތަކުގައި ރާއްޖެއިން 7000 ފަސިންޖަރުން ފުރި ކަމަށާއި ރާއްޖެ އައި 1000 ފަސިންޖަރުން މީގެ ތެރޭ ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ބޯޑަރު ބަންދު ކުރިފަހުން ވެސް އިންޓަނޭޝަނަލް މޫމަންޓެއް ނެތް ދުވަހެއް ނުދާ ކަމަށެވެ.

"އެއްދުވަސް ނޫނީ ކޮންމެ ދުވަހަކު އިންޓަނޭޝަނަލް ދަތުުރ ކުރޭ. ދުވާލެއްގެ މައްޗަށް ފަހެއް ނޫނީ ހަ އިންޓަނޭޝަނަލް މޫމަންޓްސް ހިނގާ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ މި ހާލަތުގައިވެސް އެމްއޭސީއެލް އިން މަސައްކަތްކުރަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ރެކޮމެންޑެޝަންތަކާ އެއްގޮތަށް ކަމަށެވެ.

އެމްއޭސީއެލްގެ ޑެޕިޔުޓީ ޗީފް އޮޕަރޭޓިން އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވީ، ކޮވިޑް19 ގެ ހާލަތު ކުރިމަތިި އިރުވެސް، ސިއްހީ އިމަޖެެންސީ އެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ އުސޫލެއް ކުންފުނީގެ ތެރޭ އެކުލަވާލެވިފައިވާ ކަމަށެވެ. ހާލަތު ކުރިމަތިވި އިރުވެސް، ނުރައްކާ ހާލަތުގައި މަސައްކަތް ކުރުމަށްއެއް މަހު ބޭނުންކުރާނެ ޕީޕީއީވެސް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއު ނޯމަލް ގައި އިތުރު އިމަޖެންސީ އެއް އައިސްދާނެ ކަމަށް އެކަމަށްވެސް އޮތީ ތައްޔާރަށް،" ފަޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް