ކޮވިޑް19: ދެ މީހަކު ވެންޓިލޭޓަރުގައި

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

ކޮވިޑް19 އާއި ގުޅިގެން ފަރުވާދެމުންދާ ދެ މީހަކު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމޮލިޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި އެކަކު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި އެކަކު އެބައޮތް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ކޭސް ނަންބަރު 2063، 77 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ އުމުރުން 43 އަހަރުގެ ފިލިޕީންސް ފިރިހެނަކަށެވެ. އޭނާގެ ކޭސް ނަންބަރަކީ 2074 އެވެ.

ރާއްޖެއިން މިހާތަނަށް 2،187 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު ބައްޔަށް ފަރުވާ ދެމުންދަނީ 389 މީހުންނަށެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 1788 އެވެ

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.

comment ކޮމެންޓް